ކުއްޖެއްގެ އިނގިލި ބިންދާލައި އަނިޔާކުރި މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލި ހިފައި އަނބުރާލައި ހުޅުން ނައްޓާލައިފަ އެވެ. އެ ކުއްޖާއަށް އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލުގައި ފަރުވާދިނެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތުވާ ބިދޭސީ ޓީޗަރަކީ އިންޑިއާ ފިރިހެނެކެވެ. އޭނާ އަނިޔާކުރި ކަމަށް ބުނަނީ 11 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

Leave a Reply