ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ.

ޔޫއްޕެ ޕީޢެންސީއަށް ސޮއިކުރީ މިރޭ ޕީއެންސީއިން ކުރިއަށްދާ ޖަލްސާގެ ތެރެއިން އެވެ.

ޔޫއްޕެ ޕީއެންސީއަށް ސޮއިކުރުމަށް ފަހު މެމްބަޝިޕް ފޯމް ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެވެ.

ޔޫއްޕެގެ އިތުރުން އިތުރު އެހެން ބޭފުޅުންތަކެއް ވެސް މިރޭ ޕީއެންސީއާ ވަނީ ގުޅިފަ އެވެ.

ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު އެއް އެކްޓަރު ޔޫއްޕެ ވަނީ ގައުމީ ފިލްމު އެވޯޑާއި އެހެނިހެން އެވޯޑްތަކުން ވެސް އެންމެ މޮޅު ބަތަލުގެ ބައިން އެވޯޑް ހާސިލުކޮށްފަ އެވެ.

އެކްޓަރެއްގެ އިތުރުން ޔޫއްޕެ މިހާރު ފިލްމު ޑައިރެކްޓް ވެސް ކުރެއެވެ.