ވެލިދޫގައި ބިނާކުރާ ޑުރަގު ރީހެބް ސެންޓަރު ޑިސެމްބަރުގައި ނިމޭނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުރައް ރާއްޖޭގެ އެކި ސަރަަހައްދުގައި ގާއިމު ކުރުމުންދާ މަސައްކަތުގެ ތެރެއިން ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައި ޑްރަގު ރިހިބިލިޓޭޝަން ސެންޓަރެއް އަޅަން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.

ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެލިދޫގައި ގާއިމުކުރާ ސެންޓަރުގެ މަސައްކަތްތައް ނިންމާލެވޭ ވަރުވާނެ ކަމަށެވެ.

އަދި 2027ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކާށިދޫ އަދި ގަމުގައި ގާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑްރަގްގެ ހަވާސާގައި ދިމާވާ މައްސަލަތަކީ އެ ވަބާއަށް ވުރެ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ޑްރަގްގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުންނާ އަދި އެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނާ މެދު މުޖުތަމަޢު ދެކޭ ދެކުން ބަދަލުވާން ޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ.

އަދި އެފަދަ މީހުން ދާއިމީ ގޮތެއްގައި ރަނގަޅު ދިރިއުޅުމެއް އުޅުމުގައި ވަޒީފާ ދޭ މީހުންނާއި، ވަޒީފާ އުފައްދާ މީހުންނާއި، ފަރުދުންގެ ޒިންމާ ބޮޑު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply