އައްޑޫ ސިޓީގެ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރުޅާލައި، 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 16:50 ހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރުގައި ތިބީ 4 މީހުން ކަމަށެވެ. އެ އެންމެންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު،. ކާރު ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އަނިޔާވި އެންމެންނަށްވެސް މިހާރު ދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

 

Leave a Reply