މިދިޔަ މަހު އައި 135،614 ޓޫރިސްޓުންނާ އެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނާ ގާތްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 966،358 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.3 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 892،243 ޓޫރިސްޓުންނެވެ.

މެއި މަހު 135،614 ޓޫރިސްޓުން އައިއިރު އެއީ މިދިޔަ އަހަރުގެ އެ މަހާ އަޅާބަލާއިރު 13.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރީ 119،873 ޓޫރިސްޓުންނެވެ.
އަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،400 ޓޫރިސްޓުން އާދެ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކަކީ:

  • ޗައިނާ – 115،802 ޓޫރިސްޓުން (12 އިންސައްތަ)
  • ރަޝިއާ – 105،059 ޓޫރިސްޓުން (10.9 އިންސައްތަ)
  • އިނގިރޭސިވިލާތް – 98،695 ޓޫރިސްޓުން (10.2 އިންސައްތަ)
  • އިޓަލީ – 81،545 ޓޫރިސްޓުން (8.4 އިންސައްތަ)
  • ޖަރުމަނުވިލާތް – 73،772 ޓޫރިސްޓުން (7.6 އިންސައްތަ)

އެ ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާއިންނެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1،195 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 16 ހޮޓަލާއި 158 ސަފާރީ އަދި 845 ގެސްޓް ހައުސް ހިމެނެ އެވެ. އެ ތަންތަނުން ޖުމްލަ 64،044 އެނދު އޮޕަރޭޓްކުރެ އެވެ.

Leave a Reply