މޯލްޑިވްސް މީޑިއާ ކައުންސިލްގެ ތިން މެންބަރެއްގެ މަގާމު ހުސްވުމުން ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ނަން އަނބުރާ ގެންދިއުމުން އަނެއްކާ ވެސް އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލްގައި ހުސްކޮށް އޮތީ އާންމު މެންބަރެއްގެ މަގާމާއި މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރެއްގެ މަގާމެވެ. ކުރިމަތިލި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންދިއުމުން މިހާރު ބާކީ ތިބީ ތިން މަގާމަށް ދެ މީހެކެވެ.

ނަން އަނބުރާ ގެންދިޔައީ މީޑިއާތައް ތަމްސީލްކުރާ ދެ މަގާމަށް ކުރިމަތިލި ދެ މީހެކެވެ. އެހެންވެގެން އެ ދެ މަގާމަށް އަނެއްކާ ވެސް ކުރިމަތިލާން މިއަދު އިއުލާންކޮށްފައިވެ އެވެ.

އެ އިއުލާނުގައި ބުނާ ގޮތުން ކުރިން ކުރިމަތިލި ދެ މީހުން އަލުން ކުރިމަތިލާކަށް ނުޖެހޭނެ އެވެ. އޭގެ އިތުރުން ކުރިމަތިލާން ބޭނުންވާ އެހެން މީހުންނަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ސުންގަޑިއަކީ އަންނަ ހަފުތާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރެވެ.

Leave a Reply