މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

މިއީ މިހާ އަވަހަށް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިއާގެ ފަތުރުވެރިޔެކެވެ. މިއީ ކާޖަލް ސިންގް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ކާޖަލްއަށް މަރުހަބާ ކިޔުމަށް މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޮޑު އިވެންޓެއް ބޭއްވި އެވެ. ކާޖަލްއަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

Leave a Reply