މި އީދު ވެސް ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފި އެވެ.

އަޟްހާ އީދަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާކޮށް އެޗްޑީސީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އީދުގެ ހަރަކާތްތައް ހުޅުމާލޭގައި ފަށާނީ އީދު ހުޅު ރޯކުރުމުން ކަމަށެވެ. ވެދުމާ ދިޔުމާ ގުޅިގެން ބާއްވާ އެ ހަރަކާތުގެ އިތުރުން ބޮޑުބެރު ޝޯއެއް އޮންނާނެ ކަމަށެވެ.

އެ ކުންފުނިން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް އީދު ހަރަކާތްތަކުގެ ތާވަލެއް އާންމުކޮށްފަ އެވެ.

  • ބުރާސްފަތި ދުވަސް – ވެދުމާ ދިޔުން، އީދު ހުޅު، ބޮޑުބެރު (ރުއްގަނޑު 1 ގައި 20:30 އަދި ފޭސް 2 ގެ ޗެނަލް ބީޗުގައި 21:00 ގައި)
  • ހުކުުރު ދުވަސް – އުޟްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް (އީދު ނަމާދަށް ފަހު ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި)
  • ހުކުުރު ދުވަސް – ވޯޓާ ސްޕޯޓްސް އިވެންޓް (16:00 އިން 17:30 އަށް ރުއްގަނޑު 1 ސަރަހައްދުގައި)
  • ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް – އީދު ހަވީރު (ކޮންމެ ދުވަހެއްގެ ހަވީރު ސެންޓްރަލް ޕާކް އަދި ހިޔާ ޕާކް ސަރަހައްދުގައި)

އެޗްޑީސީން ވަނީ އެ ކުންފުނިން އިންތިޒާމުކުރާ ހަރަކާތްތަކުގައި ބައިވެރިވެ، އެންމެން އެކީ އެެއްތަނަކުން ދިމާވެ، އެއްބައިވަންތަަކަން އާލާވެގެންދާނެ އީދަކަށް މި އީދު ވާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

ސަލާމަތީ ބާރުތަކާއި ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން މި އީދުގައި ވެސް “އީދު ހަވީރު” ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ހުކުރު ދުވަހުން ފެށިގެން ތިން ދުވަހަށް އިންތިޒާމުކުރާ އެ ހަވީރު އޮންނާނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކް އަދި ހިޔާ ޕާކް ސަރަހައްދުގަ އެވެ.

ހަވީރުގެ ހަރަކާތްތައް 16:00 އިން 18:00 އަށް އަދި 20:30 އިން ފެށިގެން  އޮންނައިރު، ރޭގަނޑު ބައެއް ސްޓޯލްތައް ކުރިއަށް ގެންދާނެ އެވެ.

Leave a Reply