ހެންވޭރުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ  އެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ  ގ. ލަންކާ، އަބްދުﷲ މުފީދު،(46އ.) ކަމަށެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ހެންވޭރުގެ ގެއެއްގެ ފާހާނާއިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލު ފުލުހުން  ނުދެއެވެ.

މިދިޔަ މަހު ފަހުކޮޅު މާފަންނުގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ވެސް ފެނުނެވެ. އޭނާ ފަހުން ވަޅުލީ އޮޓޮޕްސީވެސް ނަހަދަ އެވެ.

Leave a Reply