
ރާއްޖޭގައި ކުޑަކުދިންނަށް ކުރިމަތިވާ އެކިއެކި އަނިޔާތަކުގެ ތެރެއިން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި 25 ކުއްޖެއްގެ މައްސަލަ ނިމިދިޔަ މަހުގެ ތެރޭގައި ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، ކުޑަކުދިންނާ ގުޅުންހުރި 81 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ދިނުމުގެ 12 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ 8 މައްސަލައެއްގެ އިތުރުން ބުލީގެ ހަތް މައްސަލައަކާއި ސައިބާ ބުލީގެ ހަތަރު މައްސަލައެކެވެ.
2026 ވަނަ އަހަރުގެ މޭ މަހު މި ވުޒާރާއަށް ހުށަހަޅާފައިވާ ކުޑަކުދިންނާއި އަންހެނުން އަދި ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް.@MoHmv
2026 vana aharuge May mahu mi vuzaaraaah hushahalhaafaivaa kudakudhinnaai anhenun adhi naazuku… pic.twitter.com/ORfCmDnSwD
— Social and Family Development (@SFdevelopmentMV) June 21, 2026
މީގެ އިތުރުން ކުދިންގެ އަހުލާގާ ގުޅޭ 44 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން 8 މައްސަލައަކީ ސްކޫލަށް ދާން އިންކާރު ކުރުމާ ގުޅޭ މައްސަލަތައެވެ. އަދި އެ އިދާރާގެ 1412 ހެލްޕްލައިނަށް 1،379 ކޯލް ލިބިފައިވާއިރު، 1421 އަށް 626 ކޯލް ލިބިފައިވާ ކަމަށް ވެސް ތަފާސް ހިސާބު ރިޕޯޓުގައިވެއެވެ.














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































