ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރު އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަށް ތޫނު އެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް ހުޅުމާލޭ ކޯޓުން ފަސްދުވަސް ޖަހައިފިއެވެ.

މި ހާދިސާ ހިނގީ ރޭ ހުޅުމާލެ ފޭސް 2 ގެ ހިއްކި ބިމުގެ ސަރަހައްދުގައި ކަމަށާއި މި ހާދިސާގައި ދެ މީހަކު ޒަހަމްވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޒަހަމްވީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށާއި އޭގެތެރެއިން 21 އަހަރުގެ 21 އަހަރުގެ މީހާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި މިހާރު ހައްޔަރުކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޒަހަމްވި އެކަކީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ.

ފުލުހުން މިއަދު ‘ދެން’ އަށް މައުލޫމާތު ދިން ގޮތުގައި އެ 21 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހުޅުމާލޭ ކޯޓުން 5 ދުވަސް ޖަހާފައިވާ ކަމަށެވެ.

Leave a Reply