
ތ. ވަންދޫގައި ތަރައްޤީކުރާ މިސްކިތުގެ 95 އިންސައްތަ ނިމިއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، އެ ރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. މި މިސްކިތުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެލްއެފް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިއީ 630،000 ޑޮލަރުގެ މަޝްރޫއެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ބުނެއެވެ. އަދި މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ތ. ވަންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައި.@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/j58UjfW05r
— Ministry of Islamic Affairs & Endowments (@MVIaffairs) June 19, 2026
މި މަޝްރޫއުގެ ބިންގާ ރަސްމީކޮށް އަޅުވައިދެއްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝުޖާއު އަބްދުލްޙަކީމާއި ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހީމެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































