
ފުވައްމުލަކުގައި ދުއްވި ބައިސްކަލުތަކެއް މިއަދު ޓޯކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ޓޯކުރީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވި ހަތަރު ބައިސްކަލު ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ގަވާއިދާ ހިލާފަށް ބަދަލުތަކެއް ގެނެސްފައިވާ ބައިސްކަލަކާއި، މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި ތިން ބައިސްކަލެއްް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އުޅަނދުތައް ހިފަހައްޓާފައިވަނީ ދުވާރުމަތިން ދުއްވުމާއި، އެހެން އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް ޒިގެޒެގްކޮށް ދުއްވުމުގެ އިތުރުން، ބައިސްކަލުގައި ދެމީހުން އަރައިގެން ދުއްވުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
“މި ފިޔަވަޅުތަކަކީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅުތަކެކެވެ.” ފުލުހުން އިތުރަށް ބުންޏެވެ.
ރާއްޖޭގައި ބައިސްކަލު ޓޯކުރުމަކީ އާންމުކަމެއް ނޫނެވެ. އާންމުކޮށް ޓޯކުރަނީ ސައިކަލާއި ކާރު ފަދަ ވެހިކަލްތަކެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































