ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މިއަދު މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ޙުސައިން އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނީގެ އެންމެ އިސްވެރިޔާގެ މަޤާމަށް މި ބަދަލު ގެންނަވާފައިމިވަނީ، ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު ނަޖާޙް މި ހިނގާ މަހުގެ ހަވަނަ ދުވަހު މަޤާމުން ދުރުކުރެއްވުމަށް ފަހުގައެވެ.

ނަޖާޙް ފެނަކައިގެ އެމްޑީކަމާ ޙަވާލުވެވަޑައިގަތީ ފާއިތުވި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، އޭރު އެ މަޤާމުގައި ހުންނެވި މުޙައްމަދު މުޢާޒު ރަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، އާރާސްތުކޮށް ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށްޓަކައި ކުންފުނިތަކުގެ އިސް ސަފަށް ސަރުކާރުން އަންނަނީ މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ.

Leave a Reply