ސްކޫލުތަކުގައި ރިސްޓޯރޭޓިވް ޕްރެކްޓިސް ނުވަތަ އިޖުތިމާއީ ގުޅުން ހަރުދަނާކުރުމަ ގުޅޭ ކަންކަން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާންގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ދިވެހި ކޮންސަލްޓަންޓެއް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމާ ގުޅުން ހުރި ކަންކަމުން ތަޖުރިބާ ލިބިފައިވުމާއެކު ސައިކޮލޮޖީ ނޫން ނަމަ އެޑިއުކޭޝަން ފަދަ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މިހާރު ސްކޫލުތަކުގައި އަހުލާގާ ގުޅޭ ގޮތުން ގެންގުޅޭ ޕޮލިސީތައް އަލުން އެކުލަވާލުމާއި އެކަމަ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

Leave a Reply