އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 60 ބިދޭސީއަކު ހުއްޓުވައި ބަލައި ފާސްކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގޮންގޮސްފައި ނުވާ ކަމަށާއި ބަލައި ފާސްކުރެވުނު ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ގެންދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގައި ޤަވާއިދާއި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 11496 ބިދޭސީއަކު ވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.

Leave a Reply