އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް (އައިއެޗްޖީ) ގެ ވިގްނެޓް ކަލެކްޝަންގެ ރިސޯޓެއްގެ ގޮތުގައި ނޯކޫ މޯލްޑިވްސް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

އައިއެޗްޖީ ކުންފުނިން ބުނެފައިވާ ގޮތުގައި 50 ކޮޓަރީގެ ނޯކޫ މޯލްޑިވްސް، ވިގްނެޓް ކަލެކްޝަން ވެގެންދާނީ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ލަގްޒަރީ އަދި ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ ވިގްނެޓް ކަލެކްޝަންގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓަށެވެ.

ނޯކޫ މޯލްޑިވްސް  ހުޅުވަނީ މ. އަތޮޅު، ކުޑަފުނަފަރުގަ އެވެ. ،މި ރިސޯޓުގައި 50 ވިލާ ހުންނާނެ އެވެ. މީގެތެރޭގައި ބީޗް ވިލާ އަދި ވޯޓަރ ވިލާތައް ހިމެނެ އެވެ. މީގެ އިތުރުން މި ތަންތަނުގައި ބީޗް އަދި ވޯޓާ ވިލާތައް ހިމެނެ އެވެ. މީގެ ކޮންމެ ވިލާއެއްގައި ޕޫލް ހުރެއެވެ. މި ރަށް ފެނިގެންދނީ މި ރަށުގެ އަޖަބު ރީތިކަމުގެ ސަބަބުން ގެސްޓުން ފޫހިނުވާނެ ރިސޯޓެއްގެ ގޮތުގަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ރިސޯޓުގެ ރެސްޓޯރެންޓްތައް ފަރުމާކޮށްފައިވަނީ ދިވެހި ވަންތަ ގޮތަކަށެވެ. އަދި ރިސޯޓުގެ ޕާމްސް ރެސްޓޯރަންޓް އެންޑްގެ ނަން ދީފައިވާ ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ ކަނޑުގެ ރީތި މަންޒަރު ފެންނަ ގޮތަށެވެ.

ވިގްނެޓް ކަލެކްޝަންއަކީ އަމިއްލަވަންތަކަން ރައްކާތެރި ކުރާ ޓޫރިސްޓް ބްރޭންޑެކެވެ. ވިގްނެޓް ކަލެކްޝަން އަކީ 2021 ވަނަ އަހަރު ތައާރަފުވި ބްރޭންޑް އެކެވެ.

Leave a Reply