
އައުޓްޑޯ އޭސީގެ ބައިތަކެއް ވަގަށް ނަގައިގެން ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ޔެލޯހައުސ،ް ސ. ފޭދޫ، މުހައްމަދު ޝިއުނީޒް(41އ.)އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ޝިއުނީޒް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ މައްސަލައިގައި ހަތް ދުވަސް ބަންދުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ޝިއުނީޒްއަކީ މިދިޔަ ރޯދަ މަހު ދުވާލު ކައިގެން ވެސް ހައްޔަރުކުރި މީހެކެވެ.
އޭސީ އައުޓްޑޯ ޔުނިޓްތަކަކީ ވަރަށް ބަރު އެއްޗަކަށްވެފައި އަދި އާންމުކޮށް ބެލްކަނިތަކުގައި ހުންނަ ތަކެއްޗަށްވާތީ އެތަކެތި ވަގަށް ނެގުމަކީ އެހާ އާންމުކަމެއް ނޫނެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































