
އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އުރީދޫން ބުނީ 5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ދިޔަ އެ ޓޯނަމެންޓުގައި 15 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މޮޅު 3 ކުޅުންތެރިންގެ މަގާމު ހޯދި ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފިނާލޭއަށް ކޮލިފައިވެފަ އެވެ. އެއީ:
- ޗެމްޕިއަން: މުހައްމަދު މާއިޝް (2،500 ރުފިޔާ)
- ދެ ވަނަ: މުހައްމަދު ޔޫހު (1،500 ރުފިޔާ)
- ތިން ވަނަ: އަޔާން އަހުމަދު (1،000 ރުފިޔާ)
And that's a wrap on Season 1 of the #OoredooNation GT7 #LegendsCircuit 2025!
Huge round of applause to all our racers for an incredible season, and special congratulations to our champions:
🥇 Mohamed Maaish
🥈 Mohamed Yooh
🥉 Aayan Ahmed#GamersLand #UNLOCK25 pic.twitter.com/BRqb3iLSoA— Ooredoo Nation Mv (@OoredooNationMv) April 26, 2025
މި މުބާރާތުގެ ސީޒަން ދޭއްގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެ އެވެ. ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައިވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަކަށެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































