ހިނގާފައި ވެލާނާ އެއާޕޯޓަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އިންޑިއާގެ މީހެއް ކަމަށްވާ ރޯހިތު ކުމާރު ހިނގާފައި ގޮސް ވީއައިއޭއަށް ވަންނަން އުޅުމުން އޭނާ ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ރޯހިތު އަމުރަށް ނުކިޔަމަންތެރިވެ ފިލާ ދުވުމުން ފުލުހުން ވެސް ފަހަތުން ގޮސް އޭނާއާ އަރާ ހަމަކޮށް ރުއްޖެހިމަގުން ރޯހިތު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިތުރަށް ބެލި ބެމުމުން ރޯހިތުއަކީ ސްޕޮންސްސާއަށް ފިލައިގެން އުޅޭ މީހެއްކަން ދެނެގަނެވިފައޮވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

Leave a Reply