
މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަހަމްތަކަކާ އެކު ޒުވާނަކު މާލޭ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި ފެނިފައިވާ މައްސަލައިގައި ރައުދު އަޙްމަދު ޒިލާލުގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލަ އާ ގުޅިގެން ރައުދުއަށް ދައުވާ ކުރަނީ ގާނޫނުލްއުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ތަފްސީލު އަންނަނީ…