17 އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި ބަޔަކު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންނެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

އެ މައްސަލައިގައި މިހާ ދުވަސްވީ އިރުވެސް މީހަކު ހައްޔަރު ނުކުރި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.

Leave a Reply