
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހާއްސަ ސޯޝަލް މީީޑިއާ ގިވްއަވޭގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތް ފަހިކޮށްދީފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު މޯލްޑިވިއަންގެ ފްލައިޓަކުން މި މަހުގެ 14-25 ވަނަ ދުވަހާ ދެމެދު ދަތުރުކުރަން ޖެހެ އެވެ. މޯލްޑިވިއަން ބޯޑިން ޕާސްގެ ފޮޓޯއެއް “Maldivian25Years#” ގެ ހޭޝްޓެގާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހެ އެވެ. އޭގެ އިތުރުން މޯލްޑިވިއަން, އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވިއަން ހޮލިޑޭސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ފޮލޯކުރަން ޖެހެ އެވެ.
އެހެންނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަކަށް މި ގިވްއަވޭގައި ބައިވެރިވެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދީފަ އެވެ.
މޯލްޑިވިއަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާލައިނުގެ ފޭސްބުކް، އެކްސް ނުވަތަ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓަށް ކޮމެންޓްކޮށްގެން މިހާރު ގިވްއަވޭގައި ބައިވެރިވެވޭނެ ކަމަށެވެ. ޕޯސްޓުގެ ކޮމެންޓުގައި ތިން ރަހުމަތްތެރިއަކު ޓެގްކުރަން ޖެހެ އެވެ. މޯލްޑިވިއަން ޓެގްކުރުމާ އެކު ހޭޝްޓެގެއްގެ ގޮތުގައި “Maldivian25Years#” ބޭނުންކުރަން ޖެހެ އެވެ.
އޭގެ އިތުރުން މޯލްޑިވިއަން, އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވިއަން ހޮލިޑޭސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފޮލޯކުރަން ޖެހެ އެވެ.
To give everyone more chances to join the fun, we’re reopening the competition to all – and it’s now easier than ever to enter!
Here’s how you can win our grand anniversary prizes 🎁
New Entry Requirements:
1️⃣ Use the hashtag #Maldivian25Years in your comment
2️⃣& tag us… pic.twitter.com/gJu76rFsY5
— MaldivianAero (@MaldivianAero) April 18, 2025
ގިވްއަވޭގައި ހާއްސަ ގްރޭންޑް ޕްރައިޒްތަކެއް ކަނޑައަޅާފައިވާއިރު، އެއް ވަނައަށް ދާ ފަރާތަކަށް ޝެންހާއީގެ ޑިޒްނީލޭންޑަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ދަތުރުގައި ދެ މީހަކަށް ބައިވެރިވެވޭނެ އެވެ.
ދެ ވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައި ވަނީ ޗައިނާއަށް ދެކޮޅު ޓިކެޓެވެ. ތިން ވަނަ އިނާމަކަށް މެލޭޝިއާއަށް ދެކޮޅު ޓިކެޓު ލިބޭނެ އެވެ. އެ ފުރުސަތު ދެނީ މި މަހުގެ 27-30 ވަނަ ދުވަހާ ދެމެދު އެ އެއާލައިނުން މެލޭޝިއާއަށް ކުރާ ހާއްސަ ދަތުރުންނެވެ.
ހަތަރު ވަނައަށް ހުށަހަޅާފައި ވަނީ އިންޑިއާގެ ކޮޗިން ނުވަތަ ޗެންނާއީއަށް ދެކޮޅު ޓިކެޓެވެ. ފަސް ވަނައަށް ހޮވޭ ފަރާތަކަށް ރާއްޖޭގެ ބޭނުން މަންޒިލަކަށް ދަތުރުކުރަން ދެކޮޅު ޓިކެޓު ދޭނެ އެވެ.
އަހަރީ ދުވަހުގެ މުނާސަތުގައި ކުރިއަށް ގެންދާ މި ގިވްއަވޭގައި މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 11:55 އާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.