މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 39އަހަރުގެ ޅ. ހިންނަވަރު / ރަތްބަގީޗާގެ، ޢަލީ ޙާމިދުއެވެ. މެއި 26ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ.

ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދަށް ކޯޓުންވަނީ 15ދުވަސް ޖަހާފައެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

Leave a Reply