ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މިއަދު މަރާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަރަށް ވަޅި ޖަހާ، ލިބުނު ޒަޚަމްތަކުގައި މަރުވެފައިވަނީ އެރަށު ފިރިހެނެކެވެ. އެރަށުން “ދެން”އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހަމަލާދިނުމަށްފަހު، ހަމަލާދިން މީހާވަނީ އަމިއްލައަށް ފުލުސް ސްޓޭޝަނަށް ގޮސް ހައްޔަރުވެފައެވެ. އަދި ހަމަލާ ލިބުނު މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް މައުލޫމާތު ދިނެއެވެ. މިކަމާ ގުޅޭ ގޮތުން ތަފްސީލެއް […]