ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި މޫސާ އިބްރާހިމް (29އ) ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހަދަން މޫސަގެ ހަށިގަނޑު ހޯމަ ދުވަހުގެރޭ ވަނީ މާލެ ގެނެސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޮޓޮޕްސީ ހެދުމަށް ތަހުގީގު ނިންމައި މޫސަގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕޯސްޓުމޯޓަމް ހަދަން އާއްމުކޮށް ފޮނުވަނީ އިންޑިއާ އަށެވެ.

މާވަށުގައި މީހަކު މަރާލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މޫސަ މަރާލި މައްސަލާގައި ހދ. ނޮޅިވަރަންފަރު، އަސްކަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ) ޝަރީއަތް ނިމެންދެން އިއްޔެ ވަނީ ބަންދުކޮށްފަ އެވެ.