ރޭ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި 18 ކިލޯގެ ޑުރަގު ޝިޕްމަންޓް ބަލާ ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ޕްލާސްޓިކް ގަސް ޕޮޓުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި އެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތީ ރޭ ހިންގި ހާއްސަ އޮޕަރޭޝަންއެއްގެ ތެރެއިން އެވެ.

އޭގެ ފަހުން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާ ކުރި މެސެޖުގައި ބުނީ އެ މަސްތުވާތަކެތި ހިމެނޭ އެ ކާގޯ ޝިޕްމަންޓް ކުލިއާ ކުރަން ދިޔަ ބަނގުލަދޭޝްއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިތުުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ އެވެ.

Leave a Reply