މާލޭ ކުރިކީލަ މަގުގައި ބިދޭސީއަކަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ހުށަހަޅާފައި ވަނީ ރޭ 11:58 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ ނޭޕާލް ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ޒަހަމްވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.