ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމާއި ގުޅޭ ގޮތުން ސިމްޕޯސިއަމްއެއް މިއަދު ފަށައިފިއެވެ.

ގައުމީ ޔުނިވާސިޓީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ސިމްޕޯސިއަމްގައި ކަމާ ގުޅުން ހުރި ފަރާތްތަކުން ވަނީ ބައިވެރިވެއެވެ. އޭގެތެރޭގައި ސަރުކާރުގެ އިދާރާތަކާއި ޔޫއެން އެޖެންސީތަކާއި، އެންޖިއޯސްތައް ހިމެނެއެވެ.

އެ  ސިމްޕޯޒިއަމްގެ ތެރޭގައި އުމުރުން ދުވަސްވުމާއި ގުޅިގެން އަންނަ ބަދަލުތަކާއި، ސިއްހީ ފަރުވާ އާއި ޑިމޮގްރަފިކް ޓްރެންޑްސް، އުމުރުން ދުވަސްވީ އާބާދީގެ ބޭނުންތަކާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަމާއި ގުޅިގެން ހުރި ގޮންޖެހުންތަކާއި، ފައިނޭންސިންގެ އިންތިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭނެ މޮޑެލްތަކާއި، ވޯކްފޯސް ކެޕޭސިޓީ އާއި ގުޅޭ ކަންކަމާއި ،ޕްރިވެންޝަން އަދި މެންޓަލް ހެލްތާއި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބޭނެކަން ކަށަވަރުކުރުމަށް ކުރާނެ ކަންތައްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ސިމްޕޯސިއަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް އޮތް 10އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭން ވެސް ވަނީ އިފްތިތާހް ކޮށްފައެވެ.

އެ އެކްޝަން ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

Leave a Reply