ދަރިމައިވުމުގައި ދިމާވާ ދަތިތަކަށް ހޯދާ ފަރުވާ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން އެހީ ހޯދުމަށް “ފާޓިލިޓީ ކެެއާ ފަންޑު”ގެ ދަށުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 39 މީހަކު ޝަރުތުހަމަވާ ކަމަށް ކަނޑައަޅައިއެވެ.

އެ ފަންޑުގެ ދަށުން އައިވީއެފް ހަދަން ބޭނުންވާ ފަރާތްތަކުން އެހީއަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 20އާ ހަމައަށް އޮތީ ހުޅުވާލައިފައެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)އިން މިއަދު ބުނީ އެ ފުރުސަތުގެ ދަށުން 135 ފަރާތަކުން ފޯމު ހުށަހެޅި ކަމަށާއި ނަމަވެސް އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވީ 39 ފަރާތަކަށް ކަމަށެވެ.

އެންސްޕާއިން މިރޭ ވަނީ ފޯމު ހުށަހެޅި ފަރާތްތަކުގެ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އާންމުވެސްކޮށްފަ އެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައް ޝަތުރު ހަމަނުވި ސަބަބު ވެސް އެ ލިސްޓުގައި ބަޔާންކޮށްފައި ވެއެވެ.

އެންސްޕާއިން ބުނީ އެހީ ހަމަޖެހިފައިވާ ފަރާތްތަކުން އަންނަ މަހުގެ 10ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން ެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

Leave a Reply