މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ސިއްހީ ދާއިރާއިން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެސްޓީއޯ، އާސަންދަ، އެންއެސްޕާ އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން އެ ބައްދަަލުވުުގައި ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލި ކަންތައްތަކުގެ ތެރޭގައި ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުމާއި، ޕްރޮސެސްތައް ސްޓްރީމްލައިންކުރުމާއި، ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ސިއްހީ ސާމާނު މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ނިމުމުގެ އެއްވެސް ކޮޅެއް ނުފެންނަ އިރު ދުވަހެއް ދުވަހަކަށް ހަނގުރާމަ ދަނީ ހޫނުވަމުންނެވެ. އަދި އެއާއެކު މެދު އިރުމަތިން ދަތުރުކުރާ ފްލައިޓްތައް ވެސް ވަނީ މަދުވެފައެވެ.

Leave a Reply