
އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައެްމަދު ސައީދު އިންޑިއާގެ ކޮމާސް ސެކެޓްރީ ސުނިލް ބާރަތުވަލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން އެވެ.
މިނިސްޓަރު ސައީދު އެކްސްގައި މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއިި އިންވެސްޓްމަންޓް ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އިގުތިސާދީ ގޮތުން ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.
އެ މަޝްވަރާތައް ކުރިއަށް ދިޔައިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 26 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. ބެލެވޭ ގޮތުން މޯދީގެ ދަތުރުފުޅުގައި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ އެވެ.
Had a productive meeting today with India’s Commerce Secretary Sunil Barthwal. We discussed strengthening trade and investment partnerships between our nations and exploring new opportunities for economic cooperation. pic.twitter.com/TgCTksQ3Tc
— Mohamed Saeed (@em_saeed) July 3, 2025
އިންޑިއާއަކީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމެވެ.
އެގޮތުން އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް އޮތީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ މާޗް 18, 2019 ގައި ދިވެހި ސަރުކާރާއި އިންޑީއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































