ޕާކިސްތާނުގެ ޕަންޖާބު ސޫބާގައި ސަރުކާރުގެ ހަތިޔާރު ވިއްކަމުން ދިޔަ ދެ ފުލުހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ބެލުމަށް ޚާއްޞަ ތަޙުޤީޤު ޓީމެއް އެކުލަވާލާފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ހައްޔަރުކުރެވުނު ދެ ފުލުހުންނަކީ ޕަންޖާބު ޕޮލިސް ސްޕެޝަލް ބްރާންޗުގެ އޮފިސަރުންނެވެ. މި ދެ ފުލުހުން ވަނީ ސަރުކާރުގެ ހަތިޔާރުތައް އަމިއްލަ ފަރާތްތަކަށް ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލައިގައި އިތުރު ފުލުހުންގެ ބައިވެރިވުން އޮތްތޯ ބަލަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ޕަންޖާބު ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް ޑރ. […]

Leave a Reply