މާލެއިން 221 ކާޓަންގެ ވަގު ސިނގިރޭޓާ އެކު ތިން ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ސިނގިރޭޓު ކާޓަންތައް ފެނުނީ އެ ތަކެތި ބޮޑުރަސްގެފާނު މަގަށް ބޭލި ޕިކަޕު، އެ ސަރަހައްދު ދޫކޮށް ފިލަން މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ.

ކަޅުކުލައިގެ ތިން ދަބަހުގައި ހުރި ސިނގިރޭޓު ކާޓަންތަކަކީ ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އެ ދަބަސްތައް ބަލައި ފާސްކުރިއިރު، 221 ކާޓަންގެ އެމެރިކަން ލެޖެންޑް ސިނގިރޭޓު ފެނިފައިވާކަން ފާހަގަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަަލަ އާ ގުޅިގެން ބަންގްލަދޭޝްއަށް ނިސްބަތްވާ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމުގަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށިފަހުން ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

Leave a Reply