ގައުމީ ސަލާމަތުގެ މަޝްރޫއުތަކަށް ހަރަދުކުރެވޭނެ އެންމެ ދަށް އަދަދުގެ ގޮތުގައި އޮންނަ އަދަދު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި އެވެ.

ޓޫރިޒަމްގެ ގާނޫނުގައި އޮންނަނީ ދައުލަތަށް މަންފާވާ ކަންކަމުގައި އިންވެސްޓްކުރުމުގެ ދަށް އަދަދެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނެ އެވެ.

އެ ބާރުގެ ދަށުން މިދިޔަ މާޗު މަހު ރައީސް ނެރުއްވި ގަރާރުގައި މިނިވަންކަމާއި ހަމަޖެހުން ގާއިމުކުރުމަށް ހިންގާ ގައުމީ ސަލާމަތާ ގުޅުން ހުރި މަޝްރޫއުތަކަށް އިންވެސްޓް ކުރެވޭނެ ދަށް އަދަދަކީ 15 މިލިއަން ޑޮލަރު ކަމެވެ.

އެ ގަރާރު އިސްލާހު ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި އެ އަދަދު ވަނީ 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފަ އެވެ.