މާލެ، މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މަރުވެފައި އޮތް މީހަކު ފެނުނު މައްސަލައެއް 2026މާރިޗު 13ވަނަ ދުވަހުގެ 13:01އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ތޯތާޕަރީ / ސ.ހުޅުދޫ، މުޙައްމަދު ނިޒާރު (54އ)ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ. 

މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply