ސިފައިން ތަމްރީންކުރުމުގެ 73ވަނަ ބުރު ފަށައިފިއެވެ.

އެ ޕްރޮގްރާމް ފެށީ ރޭ ގިރިފުށީ ޓްރޭނިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިން އޮފިސަރު ކާނަލް އިބްރާހީމް ނަވީން ޒުބައިރުއެވެ.

ރޭގެ ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ދަރިވަރުންނަށް އިގުރާރު ލައިދިނުންއޮތެވެ. ކޯހުގެ ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޯހުގެ ކޮމްޕެނީ ކޮމާންޑަރު އަދި ޗީފް އިންސްޓްރަކްޓަރު ކެޕްޓަން އަހުމަދު ވިޝާންއެވެ. އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ޖިނާންއެވެ.

73ވަނަ އަސާސީ ތަމްރީނު ކޯހުގައި 142ދަރިވަރުން ހިމެނޭ އިރު އޭގެތެރޭގައި 25އަންހެން ދަރިވަރުން ވެސް ހިމެނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ދަ ބޭސިކް ސްކޫލުގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކާނަލް އަހުމަދު ޒައީމާއި، 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ޖިނާނާއި، 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޮމްޕެނީ ކޮމާންޑަރު އަދި ޗީފް އިންސްޓްރަކްޓަރު، ކެޕްޓަން އަހުމަދު ވިޝާންއާއި އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރު މޭޖާ މުހައްމަދު ނަދީމް ބައިވެރިވެލެއްވިއެވެ.

Leave a Reply