
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އުރީދޫން ބުނީ ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ މި ޓޯނަމަންޓުގައި ބައިވެރިވެފައިވާ ކަމަށެވެ. ރާއްޖޭގައި ބޭއްވުނު ފުރަތަމަ އީސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައި ވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގަ އެވެ. މުބާރާތަށް ހޫނު ތަރުހީބެއް ރިސޯޓުތަކުން ލިބިފައިވާކަން އުރީދޫން ފާހަގަކުރެ އެވެ.
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާ އެކު ގޭމް ކުޅެ، މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މުބާރާތުގައި ވަނަވަނައަށް ދިޔަ ފަރާތްތައް:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- ޗެމްޕިއަން: ޖޯލި ބީންގް 2 – 5،000 ރުފިޔާ
- ރަނަ-އަޕް: ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް – 3،000 ރުފިޔާ
- ތިން ވަނަ: ޖޯލި ބީންގް – 2،000 ރުފިޔާ
Huge respect to the #OoredooNation Inter Resort Esports #MLBB champions for an incredible performance!
🏆 CHAMPIONS – Joali Being 2
🥈 2nd Place – Waldorf Astoria Maldives
🥉 3rd Place – Joali Being #GamersLand #UNLOCK25 #InterResortEsports pic.twitter.com/2CjNVlmwOU— Ooredoo Nation Mv (@OoredooNationMv) May 12, 2025
ޕަބްޖީ މޯބައިލް
- ޗެމްޕިއަން: ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް – 5،000 ރުފިޔާ
- ރަނަ-އަޕް: ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް – 3،000 ރުފިޔާ
- ތިން ވަނަ: ސަމަ އައިލަންޑް މޯލްޑިވްސް – 2،000 ރުފިޔާ
Shoutout to the #OoredooNation Inter Resort Esports #PUBGM champions!
🏆 CHAMPIONS – Kandooma Resort
🥈 1st Runner-Up – Niyama Private Islands Maldives
🥉 2nd Runner-Up – Summer Island Maldives #GamersLand #UNLOCK25 #InterResortEsports pic.twitter.com/GUigNxTxRH— Ooredoo Nation Mv (@OoredooNationMv) May 11, 2025
މި މުބާރާތް ބާއްވާފައި ވަނީ މުޅިން އޮންލައިންކޮށެވެ. އެގޮތަށް ރޭވީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވި ނަމަވެސް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކަަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ނޭޝަންއިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އީސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































