ކެނޯއެއްގައި މޫދަށް ނުކުތް ޒުވާން ދިވެއްސަކު ވެސް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި އެއީ ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ މުވައްޒަފެކެވެ. އެއީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރީ މިރޭ 8:43 ހާއިރެވެ. އެ މީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.