
ހުދުމުޚުތާރު ޢާއިލީ ވެރިކަމަކުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ސަލާމަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމަށް އެއްފަހަރު އިންތިޚާބުވެ، ދެ ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައި ނުވާނަމަ، އެ ބޭފުޅަކު ދެން އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަ ނުކުރައްވާނެކަން އިއުލާން ކުރެވުމުން ނޫނީ އެމްޑީޕީގެ އެތެރޭގައި އޮތް ކޯޅުންގަނޑު ނިމިއްޖެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އާއްމު މެންބަރުންގެ ބުރަމަސައްކަތުން ހޯދި ކާމިޔާބީގެ އުފާ ފާޅުކުމަށް ބޭއްވުނު ޖަލްސާގައި ވެރިންގެ ކޯޅުމުގެ ސަބަބުން އާންމު މެމްބަރުގެ ހިތުގައި ޖެހުނު ކަމަށާއި ޖަލްސާގެ މުޅި މަންޒަރު ހަޑިކޮށްފައިވާ ކަމަށެވެ. އަދި އެތައްބަޔަކު އެކަމުގެ ސަބަބުން މާޔޫސްވާން ޖެހުނު ކަމަށެވެ.
އާއްމު މެމްބަރުނގެ ބުރަމަސައްކަތުން ހޯދި ކާމިޔާބީގެ އުފާފާޅުކުރުމގެ ޖަލްސާ ގައި ވެރިނގެ ކޯޅުމުގެ ސަބަބުން. މެމްބަރުގެ ހިތުގ ޖައްސާ
އަދި މުޅި މަންޒަރު ހަޑިކޮށްފަ. އެތައްބަޔަކު މާޔޫސް ކޮށްފަ. ލީޑަރުން ނަށް އެއްބަސްވެވިއްޖެއޭ ބުނާ އިރު. މީ ލީޑަރުނގެ… pic.twitter.com/W5RVrf9C04— Moosa Maniku (Reeko) (@ReekoMoosa) April 10, 2026
އެމްޑީޕީއަކީ ވަކި ލީޑަރެއްގެ ޕާޓީއެއްތޯ ސުވާލު އުފައްދަމުން ރީކޯ ވިދާޅުވީ، އެ ބޭފުޅުން ހޭވި ހަޑިއަށް އާންމު މެންބަރުގެ ކިބައިން މާޢާފަށް އެދެން ކެރޭނެތޯ އައްސަވާފައެވެ. 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ 4 ޕާޓީއަށް ބައިބައި ނުވެއްޖެނަމަ ސާބަސް ކަމަށް ވިދާޅުވެ މޫސަ ވަނީ ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































