ޕާކިސްތާނުގައި ހުރި މުހިންމު މަޢުދަންތަކާއި ރެއަރ އާތު އެލެމެންޓްސް (އާދަޔާޚިލާފު މަޢުދަންތައް) ނެގުމަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ޝައުޤުވެރިކަން އިތުރުވަމުންދާއިރު، އެ ޤައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމާއި ސިޔާސީ ހަމަޖެހުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޚާއްޞަކޮށް އެމެރިކާއާއެކު މިދާއިރާއިން ގުޅުން ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އިންވެސްޓްމަންޓްތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އެތެރޭގެ އިޞްލާޙީ ބަދަލުތަކެއް ބޭނުންވާކަން ވަނީ ފާހަގަކުރެވިފައެވެ. އެމެރިކާގެ ޝައުޤުވެރިކަމާއި އެއްބަސްވުންތައް އެމެރިކާގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ޖޯން މާކް ޕޮމަރޝައިމް ދާދިފަހުން އިސްލާމްއާބާދަށް ކުރެއްވި […]

Leave a Reply