ޔޫއޭއީގެ ސަފީރުކަމުގެ މަގާމުން މުހައްމަދު ހުސެއިން ޝަރީފު (މުންދު)ވަކިކޮށްފިއެވެ.

“ދެން”އަށް އެނގިފައިވާ ގޮތުން މުންދު މަގާމުން ވަކިކުރީ މިއަދުއެވެ.

އޭނާ ވަކިކުރި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.

މުންދުއަކީ މާފަންނު މެދު ދާއިރާ ތަމްސީލުކުރައްވާ ޕީއެންސީގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލެއް ވެސް މެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރެއްވި މުންދު ވަނީ  ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް އަދާ ކުރައްވައިފައެވެ.

މުންދު މަގާމުން ވަކިކުރި އިރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން  މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

Leave a Reply