
ސަޢޫދީ ސަރުކާރުގެ މެހެމާންދާރީގައި ޢުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސްގެ ދެކަނބަލުން މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ސައުދީއަށް ކުރައްވާ މި ރޫޙާނީ ދަތުރުފުޅުގެ މެހެމާންދާރީއާއި އެންމެހާ ޚަރަދުތަކެއް ހަމަޖައްސަވައިދެއްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފަރާތުންނެވެ.
މީގެ އިތުރުން، މި ދަތުރުފުޅާ ގުޅުންހުރި އިންތިޒާމުތައް ނިމިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅުގައި އެއްކޮށް ފުރިހަމަކުރެވިފައިވާކަން ވެސް އެ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































