
ގެއްލިފައިވާ ކަމަށް ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިއަދުއެވެ.
ސިނާންގެ ގޮނޑި ގެއްލުމުން އެ މަގާމަށް ދެން މީހަކު ކަނޑައެޅޭނީ އިންތިހާބަކުން ކަމަށްވާ އިރު އެކި ފަރާތްތަކުން ދަނީ ގޮނޑިއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
އެގޮތުން ސޯބެ ވިދާޅުވީ އެ ގޮނޑިއަށް ކުރިމަތިލާން ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ބެލެވޭގޮތުން އެ ގޮނޑިއަށް ކުރިމަތިލާނެ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވާނީ ޕްރައިމަރީއެއް ބާއްވައިގެންނެވެ.
ސޯބެ އައްޑޫގެ މޭޔަރުގެ މަގާމު އެންމެ ފަހުން ހުންނެވީ 2020ވަނަ އަހަރުއެވެ.
ނަމަވެސް އޭގެ ފަހުން މޭޔަރުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވަން ބޭއްވި ޕްރައިމަރީގައި ސޯބެއަށް ނާކާމިޔާބު މޭޔަރުގެ މަގާމަށް އިތުރު ދައުރަކަށް ވަޑައެއް ނުގަނެވުނެވެ.















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































