ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގު ނެޓްވޯކްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ޖެނުއަރީ މަހު “އޮޕަރޭޝަން އަލިމަގު”ގެ ނަމުގައި ހިންގި ވަރުގަދަ އޮޕަރޭޝަންގެ ދަށުން ޑްރަގު ނެޓްވޯކެއްގައި ހިމެނޭ ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ މުޅިން ވެސް ގއ، ވިލިނގިލީގެ މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހު ލަތީފް (28އ)އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހުމަދު މަދީހު (33އ)އާއި އައިޒަން / ގއ.ވިލިނގިލި، އަހުމަދު އަނާމް އިބްރާހީމް (30އ)އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއް ނިޒާމް (35އ)އެވެ.

އެ އެންމެވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބިއިރު އެ އެެންމެންގެ ތަހުގީގު ނިންމައި ދައުވާކުރަން މިއަދު ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ތުހުމަތުކޮޮށްފައިވާ ގޮތުގައި އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހިމެނޭ ބޮޑުން ތަކެކެވެ. އަދި އެ މީހުންގެ އެކައުންޓްތަކުގައި 300މިލިއަނެއްހާ ރުފިޔާ ރޯލްކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ފަރާތްތަައް މިފަހަކަށް އައިސް ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.

Leave a Reply