
ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމެން ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ 03:43 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރު ކަމަށެވެ.
ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ކުރި މަސައްކަތުން މިއަދު 08:19 ހާއިރު ނިއްވާލައިފި.https://t.co/3HFOZzo0zs pic.twitter.com/MSHL48o7i3
— Maldives National Defence Force (@MNDF_Official) April 11, 2026
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ފާއިތުވި ދުވަސްތަކަކީ އަލިފާނުގެ ހިތާމަވެރި ޙާދިސާތަކެއް ހިނގައި، ވަރަށް ބޮޑެތި ގެއްލުންތަކެއް އަގުބޮޑެތު މުދަލަށް ލިބި، ބައެއް މީހުންނަށް ވެސް އިނިޔާ ލިބިގެން ގޮސްފައިވާ ހާދިސާތަކެކެވެ. އެގޮތުން ފާހަގަކޮށްލެވެނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާއި ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ބޯޓެއްގައި ހިނގައިދިޔަ ހާދިސާއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































