ދޮންކޭލާއި އޮރެންޖުގެ އަގު މި ރޯދަ މަހު އަތް ނުފޯރާ ފަށަށް އަރައިފިއެވެ.

މި ރޯދަ މަސް ފެށުނު އިރު ވެސް އޮރެންޖުގެ އަގު ހުރީ މަތީގައެވެ. “ދެން” އަށް އެނގިފައިވާ ގޮތުން މިހާރު އެވްރެޖްކޮށް މާލޭގެ ފިހާރަތަކުގައި އޮރެންޖުގެ އަގު ވަނީ 15 ރުފިޔާއަށް އަރައިފައެވެ.

އަދި ދޮންކެޔޮ ކިލޯއެއްގެ އަގު ވެސް މިހާރު 60އެއްހާ ރުފިޔާއަށް ވަނީ އަރައިފައެވެ.

އެނގިފައިވާ ގޮތުން ދޮންކޭލާއި އޮރެންޖުގެ އަގު އިންތިހާއަށް މަތިވެގެން އުޅެނީ ބޭނުންވާވަރާ ގާތަށް ވެސް ސަޕްލައި ނުކުރެވިގެންނެވެ.

އެހެން ނަމަވެސް އެސްޓީއޯއިން އަދިވެސް ދަނީ އޮރެންޖާއި ދޮންކެޔޮ ހިމެނޭހެން އަގުހެޔޮކޮށް މޭވާއާއި ތަރުކާރީ ވިއްކަމުންނެވެ.

އަދި އެ ބާވަތްތައް ތާށިކަމެއް ނެތި ސަޕްލައިކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދަނީ ދެމުންނެވެ.

Leave a Reply