ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަގު މައްޗަށް ނިކުންނަން ނިންމައިފިއެވެ.

އެމްޑީޕީން ރޭ ބޭއްވި، އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރާއީ ހުށަހެޅުއްވި، ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅަށް މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީން ގޮތެއް ނިންމުމަށް ހުށަހެޅި ޤަރާރު ވަނީ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ހުށަހެޅުއްވި ޤަރާރު، އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާތަކަށް އެކަށީގެންވާ ވަގުތު ނެތްކަމަށް ހުށަހެޅުނު ޤަރާރު ވެސް ވަނީ ޖަލްސާގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވެސް ވަނީ ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވެލައް ވަނީ އިންތިޚާބު ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވުމަށެވެ.

Leave a Reply