ފުލުހަކަށް ތޫނު އެއްޗަކުން ހަމަަލާދިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަމްފަރު/ނޫރު، އަލީ ޝަހީމް(27އ.) އެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތެވެ. ނަމަވެސް އޭގެ ތަފްސީލު ދީފައެއް ނުވެއެވެ. އަދި ފުލުސް މީހާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ވެސް ސާފެއްނުވެއެވެ.

އެހެންވެ ޝަހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުނެރެފައެވެ.

ބަންދު އަމުރުގައިވާ ގޮތުން ސީންއަށް ދިޔަ ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނުގެ އިތުރުން އަނިޔާގެ ފޮޓޯތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

ޝަހީމްގެ ހައްޔަރާއި ބަންދު ރެކޯޑް އޮންނަކަން ވެސް ފާހަގަކޮށްފައިވެއެވެ.

Leave a Reply