ސަރުކާރުގެ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން(ޕީސީބީ)އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުސެއިން އެގްރޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އަދި ބޯޑު މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ހުސެއިން މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.

ހުސެއިން މަގާމުން ވަކިކުރި އިރުފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން  މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

އޭގެ އިތުރުން ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުން މުހައްމަދު ހުސެއިން ޝަރީފު (މުންދު)ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.

Leave a Reply